ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ބާއްވާ ދުވުމުގެ ޓީޝާޓް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަނީ

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯ މޯލްޑިވްސް) އިން ބާއްވާ ދުވުމުގެ ޓީޝާޓް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

އެސް-އޯ މޯލްޑިވްސް އިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ އެސްއޯ މޯލްޑިވްސް އިން ބާއްވާ ދުވުމުގެ (ޔުނިފައިޑް ރަން) ގެ ޓީޝާޓް ޑިޒައިން ކުރުމަށް ޢާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މެއި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން [email protected]  އަށް ޓީޝާޓް ޑިޒައިން މެއިލް ކުރުމަށް އެދޭ ކަމަށް ވެސް އެސްއޯއެމް އިން ބުނެއެވެ.

ޓީޝާރޓް ޑިޒައިން ކުރާއިރު، ރަތް، ހުދު އަދި ނޫ ކުލައަށް  އިސްކަންދިނުމަށް ވެސް ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުވާނަމަ އެސް-އޯމޯލްޑިވްސްގެ ޓެކްނިކަލް / ސްޕޯޓްސް ޑިރެކްޓަރ އިބްރާހީމް ރަމީޒް 7776863 އާ ގުޅުއްވުމަށް ވަނީ އެދިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.