ކުޅުދުއްފުށި ހޮސްޕިޓަލް އޯޕީޑީގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެ

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން، އޯޕީޑީ އިމާރާތް އެޅުމުގެ މަސައްކަތުގެ 53 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް އެމަސައްކަތް ކުރާ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ބުނެފިއެވެ.

އެމް.ޓީ.ސީ.ސީއިން ބުނެފައި ވަނީ، ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން އެހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ ކޮންކްރީޓާއި ސްޓްރަކްޗަރަލް އަދި ރޫފިންގ މަސައްކަތްތައް އެއްކޮށް މިހާރު ނިމިފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އަދި މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލްގެ ވޯޑް އިމާރާތް އެޅުމާއި އައި.ސީ.ޔޫ ޔުނިޓް އެޅުން، އަދި ވޯޑް އިމާރާތާއި ލެބޯޓްރީ އިމާރާތް އެޅުން ކުރިއަށްދާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

kulhudhuffushi 1

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މި މަޝްރޫޢަކީ 30.3 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.