ދަރަނިވެރިޔާ ދަރަނި އަދާ ކުރުމަށް ޒަކާތުން ލިބޭ ފައިސާ އެހެން ބޭނުމަކަށް ބޭނުން ކުރެވިދާނެތަ؟

ސުވާލު: އަހަރެން ގެ ދަރަނި އެބަހުއްޓެވެ. އެ ދަރަނި އަދާކުރުމަށް އަހަރެން ޒަކާތުގެ ފައިސާ ނަގަމެވެ. އެ ފައިސާ އިން އެ ދަރަނި އަދާކުރުން ފަސްކޮށްލާފައި އެފައިސާ އިން އަހަރެން ބޭނުންވާ އެހެން އެއްޗެހި ގަތުމަކީ ހުއްދަ ކަމެއް ތޯއެވެ؟

ޖަވާބު: ދަރަނި ވެރިއަކަށް ދަރަނި އަދާކުރުމަށް ދޭ ޒަކާތުގެ ފައިސާ ބޭނުންކުރަން ވާނީ އޭނާގެ ދަރަނި އަދާކުރުމަށެވެ. އަދި ދަރަނި އަދާކުރުން ނޫން އެހެން ބޭނުމަކަށް އެ ފައިސާ ބޭނުންކޮށްގެން ނުވާނެއެވެ. އެހެނީ އޭނާއަށް އެފައިސާ ދެވިގެން އެވަނީ އޭނާގެ ދަރަނި އަދާކުރުމަށްޓަކައެވެ. އޭނާގެ އަމިއްލަ ބޭނުންތައް ފުއްދުމަކަށް ނޫނެވެ.

އިޝްތިހާރު Below Header ad

އަލްބަހޫތީ ރަޙިމަހުﷲ ކައްޝާފުލް ޤިނާޢިގައި ވިދާޅުވެފައިވެއެވެ. “ދަރަނިވެރިޔަކަށް، އޭނާގެ ދަރަނި އަދާކުރުމަށްޓަކައި (ޒަކާތުން) ފައިސާ ދެވިއްޖެނަމަ، އޭނާއަކީ ފަޤީރެއްކަމުގައި ވިޔަސް އެފައިސާ އެހެންކަމަކަށް ބޭނުން ކުރުން އޭނާއަށް ހުއްދަވެގެންނުވެއެވެ. އެހެނީ އޭނާ އެ ދަރަނި އެ ނަގަނީ ވަކިކަމަކަށް ޚާއްޞަކޮށް އެކަން ކުރުމަށްޓަކައެވެ.” كشاف القناع” (2/283) 

 

މިއީ 6 އޮގަސްޓު 2021 ގައި އައްޝައިޚް މުހައްމަދު ޝާފިޢު އޭނާގެ ބްލޮގްގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.