ބޮޑު ހިލައިގެ ފުރަތަމ ޝިޕްމަންޓު ނ. ވެލިދޫ ސައިޓަށް ވަނީ ގެންގޮސްފަ: އެމް.ޓީ.ސީ.ސީ
ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް 13 އޭޕްރީލް 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް، އެމަޝްރޫޢު ކުރިއަށް ގެންދާ ފަރާތުން ހާމަކޮށްފިއެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންދާ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން މިއަދު މީޑިއާތަކަށް އާންމު ކުރި މަޢުލޫމާތުގައި ބުނެފައިވާ ގޮތުގައި، ވެލިދޫގައި ހިންގާ މި މަޝްރޫޢުގެ ދަށުން 3.48 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 255 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެކުންފުންޏާއި ހަވާލު ކޮށްފައިވާ މި މަޝްރޫޢަކީ 18.25 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.