
ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭގައި ރާއްޖެ ވަޑައިގަންނަވައިފިއެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ފެބްރުއަރީ 22 ވަނަ ދުވަހު ސިންގަޕޫރުގައި ރައީސް ޞާލިޙް ވަނީ ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވައި ފަރުވާ ހޯއްދަވާފައެވެ. ފަރުވާއަށް ފަހު ރައީސް ރާއްޖެ ވަޑައިންފައި ވަނީ މާރޗް މަހުގެ 6 ވަނަ ދުވަހުއެވެ.