މާލެ ސިޓީގައި 500 ސޯޝަލް ހައުސިންގް ޔުނިޓް ތަރައްޤީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މާލެ ސިޓީގައި 500 ސޯޝަލް ހައުސިންގް ޔުނިޓް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2026 އޭޕްރިލް 21 އިން 22 އަށް ޗައިނާގެ ބެއިޖިންގްގައި ބޭއްވުނު ”ތާޑް ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއާޑް ޑިވެލޮޕްމަންޓް“ ކޮންފަރެންސްގެ ހަވާސާގައެވެ.
ހައުސިންގް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢަކީ ޗައިނާ ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ އިންޓްރެސްޓް-ފްރީ (އިންޓްރެސްޓް ނުހިމެނޭ) ފެސިލިޓީއެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ތޮޢާމް މުޙައްމަދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ގެ ވައިސް ޗެއާމަން ލިއު ޖުންފެންގް އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.