ޚަބަރު ފީތާ

ކޮވިޑް19: މިއަދު ފައްސިވި ޢަދަދު 100 އިން ދަށް

ގިނަ ދުވަސް ތަކަކަށް ފަހު ރާއްޖެއިން ކޮވިޑް19 އަށް ފައްސިވި ޢަދަދު މިއަދު 100 އިން ދަށް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން މިރޭ ނެރުނު ހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން 4،441 ސާމްޕަލް ނަގާފައިވާ އިރު، އޭގެތެރެއިން ފައްސި ވެފައި ވަނީ 76 މީހުންނެވެ. އެއީ ގްރޭޓަރ މާލެ އޭރިއާއިން ފައްސިވި 15 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ފައްސި ވެފައިވާ 55 މީހުން، އަދި ރިސޯޓުތަކުން ފައްސިވެފައިވާ 6 މީހުންނެވެ.

މިޢަދަދުތަކާއި އެކު މުޅި ރާއްޖެއިން މިހާތަނަށް ފައްސި ވެފައިވާ ޖުމްލަ އަދަދު ވަނީ 91،122 އަށް އަރާފައެވެ. އޭގެތެރެއިން 89،029 މީހުން ބަލިން ފަސޭހަ ވެފައިވާއިރު މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދާ 1،832 މީހުން އެބަތިއްބެވެ. ކޮވިޑް19 އަށް މިވަގުތު ފަރުވާ ކުރާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުންދަނީ 14 މީހުންނަށް ކަމަށް ވެސް އެޗް.ޕީ.އޭގެ ހިސާބުތަކުން ދައްކައެވެ.

މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 ގައި ނިޔާވެފައި ވަނީ 248 މީހުންނެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ކޮވިޑް19: މިއަދު ފައްސިވި ޢަދަދު 100 އިން ދަށް"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.



%d bloggers like this: