
ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ
ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި 14 ފެބްރުއަރީ 2021 ވަނަ ދުވަހު ނިމިއްޖެ އެވެ.
މި މަޝްރޫޢުގެ ދަށުން، 2.7 ކިލޯމީޓަރު ދިގު 12 މަގެއްގައި ތާރުއެޅުމުގެ މަސައްކަތް ވެސް ކޮށްފައިވާނެ ކަމަށް އެމަސައްކަތް ކުރާ ކުންފުނި އެމް ޓީސީސީ އިން ހާމަ ކުރެ އެވެ.
މީގެ އިތުރުން 25,513 އަކަމީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 6564 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ކޭބަލް ޖަންކްޝަން ވަޅުލުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، ކަފިހިހުރަސް ފާހަގަ ކުރުމުގެ މަސައްކަތް ހިމެނޭނެ އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ދަށުން، އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 43.05 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.