
މަނަދޫ އައު ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިއްޖެ
ނ. މަނަދޫ އައު ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް 24 އޮކްޓޯބަރ 2021 ވަނަ ދުވަހު ފެށިފައިވާ ކަމަށް އެމަސައްކަތް ކުރާ ކުންފުނި އެމް ޓީސީސީ އިން ހާމަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ކޮންކްރީޓް ބްރިޖެއް އެޅުމާއި، ރޭމްޕެއް ހެދުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭނެ އެވެ.
މި މަޝްރޫޢަކީ 29.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.