
ގުރައިދޫ ޕިކްނިކް އައިލެންޑުގެ މަސައްކަތް ނިމިއްޖެ
ކ. ގުރައިދޫ ޕިކްނިކް އައިލެންޑުގެ ބިން ހިއްކުމާއި ހިއްކި ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.
މިމަޝްރޫޢު ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިންނެވެ. އެފަރާތުން ބުނެފައި ވަނީ، 11 ސެޕްޓެމްބަރ 2021 ވަނަ ދުވަހު މަސައްކަތް ފުރިހަމަކޮށް ނިންމާފައިވާ ކަމަށެވެ.
ގުރައިދޫ ޕިކްނިކް އައިލެންޑްގެ މަޝްރޫޢުގެ ދަށުން 1.7 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެފަރާތުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި 278 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖަހައި، 160 މީޓަރުގެ ބޮޑު ސަރަހައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖަހާފައިވާ ކަމަށް ވެސް އެފަރާތުން ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހަވާލު ކޮށްގެން އެމް.ޓީ.ސީ.ސީއިން ފުރިހަމަކުރި މި މަޝްރޫޢަކީ 13.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.