
އުނގޫފާރު މަގުހެދުމުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިއްޖެ
ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 ޕަސެންޓްވަނީ ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރާ ކުންފުނި އެމް ޓިސީސީ އިން ހާމަ ކޮށްފިއެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމި، ޖުމްލަ 3.2 ކިލޯ މީޓަރު ދިގު މިނުގެ 14 މަގެއްގައި ތަރުއަޅާ ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެކުންފުނނިން މަުޢުލޫމާތުދެ އެވެ.
މި މަޝްރޫޢަކީ 28.02 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ