ނަތަންޔާހޫގެ ފޯނު ކޯލެއް ލީކުވެއްޖެ

ނަތަންޔާހޫގެ ފޯނު ކޯލެއް ލީކުވެއްޖެ އެވެ. އޭގައި ހަރުކަށި ފިކުރުގެ ޔަހޫދީންނާ މެދު އޭނާ ހިތްހަމަނުޖެހުން ފާޅުކޮށްފއިވެ އެވެ.

އިސްރާއީލުގެ އިންތިޚާބުގެ ވޯޓުލުން ނިމެން ގާތްވެފައިވަނިކޮށް ހަރުކަށި ފިކުރުގެ ޔަހޫދީން (އަލްޓްރާ-އޯތޮޑޮކްސް) ވޯޓުލާން ނުކުތުމަށް ބާރުއެޅުމުގެ ތެރޭގައި ބެންޖަމިން ނަތަންޔާހޫ ފާޅުކުރި ކަންބޮޑުވުންތަކެއް ހިމެނޭ ފޯނު ކޯލެއް ލީކުވެއްޖެ އެވެ.

މި ހިތްހަމަނުޖެހުން އުފެދުނީ ސިފައިންގެ ޚިދުމަތާ ގުޅޭގޮތުން ނަތަންޔާހޫ ވެފައިވާ ވައުދުތައް ފުއްދާފައިނުވާތީ އެ ފަރާތްތަކުން ރުޅިގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިންޓަނެޓުގައި ދައުރުވަމުންދާ މި ކޯލުގައި ނަތަންޔާހޫ ބުނެފައިވަނީ ”ބުނެބަލަ، އެމީހުން މޮޔަވީތަ؟ އެމީހުން ބޭނުންވަނީ ވާތު ފިޔައިގެ ސަރުކާރެއް އަންނާންތަ؟“ މިފަދައިންނެވެ. އަދި އޭނާގެ އަނބި ސާރާ ނަތަންޔާހޫ ”އެކަމަކު އަހަރެމެން އެންމެން މަރުވާނެ!“ އޭ ކިޔައި ހަޅޭއްލަވާ އަޑުވެސް އެ ރެކޯޑިންގއިންއިވެ އެވެ.

މި ރެކޯޑިންގއާ ގުޅޭ ރިޕޯޓުތައް ބުނާގޮތުގައި ނަތަންޔާހޫ މި ވާހަކަ ދެއްކެވީ އެކްޓިވިސްޓަކާ އެވެ.

އެ އެކްޓިވިސްޓް ވަނީ ސިފައިންގެ ޚިދުމަތާ ގުޅޭ ވައުދުތައް ނުފުއްދުމުގެ ސަބަބުން ހަރުކަށި ފިކުރުގެ ވޯޓުލާ މީހުން ވޯޓުލާން ނެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ނަތަންޔާހޫއަށް އަންގާފަ އެވެ.

މި ހާދިސާއިން ހާމަވަނީ ނަތަންޔާހޫގެ ސިޔާސީ އިއްތިހާދުގެ މައިގަނޑު ބާރެއް ކަމަށްވާ ހަރުކަށި ފިކުރުގެ ޔަހޫދީންގެ ތާއީދު ހޯދުމަށް އޭނާއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމެވެ.

އިސްރާއީލުގެ ސިޔާސީ މަސްރަހުގައި ސިފައިންގެ ޚިދުމަތަކީ އަބަދުވެސް ބޮޑު ބަހުސެއް ހިނގާ ކަމެކެވެ.

ޚާއްޞަކޮށް ދީނީ ތަޢުލީމު ހާސިލުކުރާ ހަރުކަށި ފިކުރުގެ ފިރިހެނުން ސިފައިންގެ ޚިދުމަތުން އިސްތިސްނާކުރުމާ މެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން ސަރުކާރުގެ އިއްތިހާދު ދެމެހެއްޓުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.