
ދުވާފަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ 37 ޕަސެންޓް ނިމިއްޖެ
ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 37 ޕަސެންޓް ނިމިއްޖެ އެވެ.
މި މަސައްކަތް ކުރާ އެމް ޓީސީސީ އިން ހާމަކުރާގޮތުގައި މި މަޝްރޫޢުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 315 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނޭނެ އެވެ.
މި މަޝްރޫޢަކީ 143.1 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަންވެސް އެ ކުންފުނިން ހާމަ ކުރެ އެވެ.