
ކެނދިކުޅުދޫގައި ކުޑަކުދިންގެ ޕާކެއް ހަދަނީ
ނ. ކެނދިކުޅުދޫ ކުޑަކުދިންގެ ޕާކުގެ ވަށާ ފާރު ރާނާ ކުޅިވަރު ކުޅޭ ސާމާނު އިންސްޓޯލް ކުރުމަށް YINK އިންވެސްޓްމެންޓްއާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
މީގެ އިތުރުން ކުޑަ ކުދިންގެ ޕާކުގައި ސްކޭޓިން އޭރިއާއެއް ތަރައްޤީކުރުން ހިމެނެނޭނެ އެވެ.
700 އަށްބުރެ ބޮޑު ކުޑަކުދިންގެ އާބާދިއެއް އޮންނަ ކެނދިކުޅުދޫގައި އަލަށް މި ހަދާ ޕާކު 14 ނޮވެންބަރު 2021 ގެ ނިޔަލަށް ނިންމަންޖެހެ އެވެ.
މިކަމާ ގުޅިގެން އެޓޯލް ނިއުން އިން އެރަށު ކައުންސިލްއާ ދެކެވެނު ވާހަކައިން އެނގެނީ މި މަޝްރޫޢުގެ ސަބަބުން އެރަށު ކުޑަކުދީން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމެވެ. މިއީ އެރަށު ކައުންސިލްގެ ބަޖެޓުން ހިންގާ މަޝްރޫޢެކެވެ.