އިނގިރޭސިވިލާތުން ފަލަސްޠީނާއެކު ކުރާ ވިޔަފާރި މުޢާމަލާތްތައް މަނާކުރަނީ

ބްރިޓިޝް ފޮރިން ސެކްރެޓަރީ އެޑް މިލިބޭންޑް، އިސްރާއީލުން ޣައިރުޤާނޫނީގޮތުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހަދާފައިވާ އާބާދުވުންތަކާ އެކު ކުރާ ވިޔަފާރީގެ މުޢާމަލާތްތައް މަނާކުރާނެކަން މިއަދު އިޢުލާނުކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ވައިޓްހޯލްގެ މަސްދަރުތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ނިންމުމަކީ ޖުލައި 2024 ގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ނެރުނު އިސްތިޝާރީ ލަފަޔާ އެއްގޮތަށް ޢަމަލުކުރުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އައި.ސީ.ޖޭ އިން ކަނޑައަޅާފައިވަނީ އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިފާފައިވަނީ ޣައިރު ޤާނޫނީ ގޮތެއްގައި ކަމަށާއި، އިނގިރޭސިވިލާތް ހިމެނޭހެން ދުނިޔޭގެ ޤައުމުތަކުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. މިގޮތުން، އެފަދަ އާބާދުވުންތަކުގައި ހިންގާ ވިޔަފާރިތަކަށް އިންވެސްޓްކުރުން މުޅިން މަނާކުރެވޭނެ ކަމަށް ބެލެވެ އެވެ.

އިސްރާއީލުން ހިފާފައިވާ ބިންތަކާ ބެހޭ އދ. ގެ ޚާއްޞަ ރެޕަޓުއާ ފްރަންސެސްކާ އަލްބަނީޒް ހޯމަ ދުވަހު ބުނީ އިސްރާއީލުން ހިންގާ މި ޣައިރުޤާނޫނީ ޢާމަލުތަކަކީ ޞައްޙަ ކަމެއްގެ ގޮތުގައި ބަލައިނުގަތުމަށާއި، އެކަން ދެމެހެއްޓުމަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދިނުމަކީ ހުރިހާ ދައުލަތްތަކެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. އަދި އާބާދުވުންތަކާ އެކު ކުރާ ވިޔަފާރި މަނާކުރުމަކީ، އައި.ސީ.ޖޭ ގެ ނިންމުން ތަންފީޒުކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅަކަށް ވާންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.

މީގެ އިތުރުން، ލޭބަރ މުސްލިމް ނެޓްވޯކް އާއި އިންޓަރނޭޝަނަލް ސެންޓަރ ފޯ ޖަސްޓިސް ފޯ ފަލަސްތީނިއަންސް އިން ނެރުނު ޤާނޫނީ ރިޕޯޓެއްގައި ބުނެފައިވަނީ، އިސްރާއީލުގެ ޣައިރުޤާނޫނީ އާބާދުވުންތަކުގައި އިނގިރޭސި ރައްޔިތުންނާއި ވިޔަފާރިތަކުން އިޤްތިޞާދީ އަދި މާލީ އެއްވެސް ޙަރަކާތެއް ހިންގުން، ފުރިހަމައަށް މަނާކުރަންޖެހޭ ކަމަށެވެ.

އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާއި ޖެނީވާ ކޮންވެންޝަންގެ މުޢާހަދާތަކުގައި ބައިވެރިވާ ޤައުމަކަށް ވީހިނދު، އެ ޤާނޫނުތަކަށް ހުރިހާ ޙާލަތެއްގައިވެސް އިޙްތިރާމްކޮށް، އެކަންކަން ކަށަވަރުކުރުމުގެ ޒިންމާ އެ ޤައުމަށްއޮވެ އެވެ.

މި ފިޔަވަޅުތައް އަޅަން ތައްޔާރުވަމުން މިދަނީ، ޤުދުސްގެ އިރުމަތީ ފަޅީގައި އިސްރާއީލުން އަލަށް ފަށާ ސެޓްލްމަންޓް މަޝްރޫއުގެ ސަބަބުން، ހިފާފައިވާ ހުޅަނގު އައްސޭރި ދެބަޔަކަށް ބެހިގެންދާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގަ އެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ ފޮރިން މިނިސްޓަރ ގިޑިއޯން ސާރް ވަނީ، އިނގިރޭސިވިލާތުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ، އިސްރާއީލުންވެސް އެޤައުމާ ދެކޮޅަށް ރައްދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.