އޮޅުވާލައިގެން ވިއްކަން ތައްޔާރުކޮށްފައި ހުރި 8،500 އަށްވުރެ ގިނަ ފެންފުޅި އަތުލައިގެންފި

ސްރީލަންކާގެ ސީތާވަކާގައި ހުންނަ ކުންފުންޏަކުން ސައްހަ ނޫން އެސް.އެލް.އެސް މިންގަނޑުގެ ލޯގޯއެއް ބޭނުންކޮށް، ހުއްދަ ނެތް ބްރޭންޑް ނަމެއްގައި ކަސްޓަމަރުންނަށް އޮޅުވާލައިގެން ވިއްކަން ތައްޔާރުކޮށްފައި ހުރި 8،500 އަށް ވުރެ ގިނަ ފެންފުޅި ނައްތާލުމަށް އަވިއްސަވެލާ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

ކޮންސިއުމަރ އެފެއާޒް އޮތޯރިޓީ (ސީ.އޭ.އޭ) އިން ޑީ.ޓީ.އެސް އިންޓަނޭޝަނަލް (ޕްރައިވެޓް) ކޮމްޕެނީ އާއި އެ ކުންފުނީގެ ޑިރެކްޓަރުގެ މައްޗަށް ދައުވާ އުފުލީ، ސްރީލަންކާ ސްޓޭންޑަރޑްސް އިންސްޓިޓިއުޝަން (އެސް.އެލް.އެސް.އައި) އިން ހޯދަންޖެހޭ ކޮލިޓީ ސެޓްފިކެޓް ލައިސަންސް ނުހޯދައި، އެސް.އެލް.އެސް މިންގަނޑުގެ ލޯގޯ ޖަހައިގެން ބޯފެން އުފައްދައި ބާޒާރަށް ނެރުނު ކަމަށް ތުހުމަތުކޮށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން، އެ ގައުމުގެ މިނިސްޓްރީ އޮފް ހެލްތުން އެ ފެނަށް ”ލަންކާ ޕްރީމިއަމް“ މި ނަން ހުއްދަކޮށްފައި ވަނިކޮށް، ”އަކުއާޗިލް“ (Aquachill) ގެ ނަމުގައި އެ ފެން މާކެޓް ކުރަމުންދިޔަ ކަމަށް ވެސް ސީ.އޭ.އޭ އިން ތުހުމަތުކޮށްފައިވެއެވެ.

2024 އޯގަސްޓް 21 ވަނަ ދުވަހު ސީ.އޭ.އޭ ގެ އޮފިޝަލުން ހިންގި ރެއިޑެއްގައި، އޮޅުވާލައިގެން ލޭބަލް ޖަހާފައިވާ ގިނަ އަދަދެއްގެ ފެންފުޅިތަކެއް ވަނީ އަތުލައިގަނެފައެވެ. މީގެ ތެރޭގައި 19 ލީޓަރު، 5 ލީޓަރު، 1,500 މިލިލީޓަރު، 1,000 މިލިލީޓަރު އަދި 500 މިލިލީޓަރުގެ ފުޅިތައް ހިމެނެއެވެ.

ސެޕްޓެމްބަރު 4 ވަނަ ދުވަހު އަވިއްސަވެލާ މެޖިސްޓްރޭޓް ކޯޓުގައި މި މައްސަލަ ކުރިއަށްދިޔައިރު، ދައުވާ ލިބޭ ފަރާތްތަކުން ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެއާއެކު ކޯޓުން ވަނީ ކުންފުންޏާއި އޭގެ ޑިރެކްޓަރު 40,000 ރުޕީސް އިން ޖޫރިމަނާކޮށްފައެވެ.

މީގެ އިތުރުން، މައްސަލައިގެ ހެކީގެ ގޮތުގައި ހުށަހެޅި 8,500 އަށް ވުރެ ގިނަ ފުޅި އެއްކޮށް ނައްތާލުމަށް ވެސް މެޖިސްޓްރޭޓް އަމުރުކުރެއްވިއެވެ. ކޯޓުގެ އަމުރާ އެއްގޮތަށް އެ ފުޅިތައް ވަނީ ކޯޓުގެ ގޯތިތެރޭގައި ނައްތާލާފައެވެ.

ސީ.އޭ.އޭ އިން ވަނީ ބޯފެންފުޅި ގަތުމުގެ ކުރިން ބްރޭންޑް ނަމާއި، އުފެއްދި ތާރީޚާއި، މުއްދަތު ހަމަވާ ތާރީޚުގެ އިތުރުން އެސް.އެލް.އެސް މިންގަނޑުގެ މާކުގެ ސައްހަކަން ރަނގަޅަށް ޗެކްކުރުމަށް އިލްތިމާސްކޮށްފައެވެ. އޮޅުވާލައިގެން ނުވަތަ ޣައިރު ގާނޫނީ ގޮތެއްގައި ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ހޮޓްލައިން 1977 އަށް ގުޅައި ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.