ހަމަހިމޭން ހެނދުނަކީ ނިޢުމަތެއް

ކޮންމެ ނިޢުމަތަކީ އެއީ ނިޢުމަތެއްކަން ފާޅުވެގެން އަންނަ ކަމެއް ނޫނެވެ. އަވަސްއަރުވާލުމެއް ނެތް ހަމަހިމޭން ހެނދުނަކާއި، ހޫނުކަންމަތީގައި ބޯލެވޭ ސައިތަށްޓަކާއި، އަދި ހަމަޖެހިލައިގެން ކުރެވޭ ފަތިސް ނަމާދަކީ އަޅުގަނޑުމެންނަށް ޢާންމުކޮށް ފާހަގަނުކުރެވި ދޫކޮށްލެވޭ ހަދިޔާތަކެކެވެ. ބޮޑު ނިޢުމަތެކެވެ. ސަބަބަކީ އެއީ އަޑުގަދަ ކަންތައްތަކަކަށް ނުވާތީ އެވެ.

އަޅުގަނޑުމެން އާދަވެފައިވަނީ ކުއްލި ބޮޑެތި ނިޢުމަތްތަކަށް ސަމާލުކަން ދޭށެވެ. އެއީ ވަޒީފާއެއް ލިބުން، ބައްޔަކުން ފަސޭހަވުން، ނުވަތަ އެންމެ ބޭނުންވި ވަޤުތު ދުޢާއެއް އިޖާބަވުން ފަދަ ކަންކަމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނަމަވެސް، މުޞީބާތަކާ ކުރިމަތިނުވެ ސަލާމަތުން ހުރުމަކީ ނިޢުމަތެއްކަން ފާހަގަކުރަން އަޅުގަނޑުމެންނަށް ދަހެއް ނުވެ އެވެ.

އެހެނަސް މާތްﷲ ވަނީ މިފަދައިން ވަޙީކުރައްވާފައެވެ:

”اللَّه ގެ نعمة ތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ نعمة ތައް عدد އެއް ނުކުރެވޭހުށްޓެވެ.“ (سورة إبراهيم 34).

އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާ ގިނަ ނިޢުމަތްތަކަކީ ފެންނަ ފެނުމަށް އާދައިގެ ކަންކަމެވެ. އެއީ ދިރިއުޅުން ހަމަޖެހިގެން ކުރިއަށްދާ ދިއުމެވެ. އެދުމަކާ ނުލައި މުޅި ރޭގަނޑު މަސައްކަތްކުރި ފުއްޕާމެޔާއި، ބޯހިޔާވަހިކަމާއި، ދަންނަ ގާތް މީހުންނާއި، އަދި މިއަދު އެއްވެސް ބޮޑު ނުރައްކަލެއް ކުރިމަތިނުވެ އޮތް އޮތުމެވެ.

ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައިވާ ”ޝުކުރުވެރިވުމަކީ“ ހަމައެކަނި ކަންކަން ރަނގަޅަށް ދާއިރު އިޙްސާސްކުރާ އިޙްސާސެއް ނޫނެވެ. އެއީ ކަންކަމަށް ފުންކޮށް ވިސްނައި ސަމާލުކަން ދިނުމުގެ ސިފައެކެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. لَئِن شَكَرْتُمْ لَأَزِيدَنَّكُمْ

”ތިޔަބައިމީހުން ޝުކުރުވެރިވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ“ (سورة إبراهيم 7).

މި އިތުރުވުން ފެށެނީ އިންސާނާގެ އެތެރެހަށިންނެވެ. އެއީ އަބަދުވެސް ތިމާގެ ވަށައިގެން ހުރި ނިޢުމަތްތައް ދެނެގަންނަން ދަސްވެފައިވާ ލޮލުންނެވެ.

ހަމަހިމޭން ހެނދުނަކީ ޙަޤީޤަތާ ކުރިމަތިލުމަށް ލިބޭ ފުރުޞަތެކެވެ. އަޑުގަދަ ދުނިޔެ މަޑުޖެހިލުމުން، ހިތުގެ ފުންމިނުގައިވާ ކަންކަން އިޙްސާސްކުރެވެން ފަށައެވެ.

އެއީ ދޫކޮށްލަންޖެހޭ ހިތްނުތަނަވަސްކަމާއި، ލަސްކުރެވިފައިވާ މަޢާފަށް އެދުމާއި، ދޫކޮށްލެވިފައިވާ ދުޢާތަކާއި، އަދި ހިތުގައި އާލާކުރެވޭ ބިރުވެރިކަމެވެ.

ހަމަހިމޭންކަމަކީ ހުސްކަމެއް ނޫނެވެ. ބައެއް ފަހަރު އެއީ ދިރިއުޅުން އަނެއްކާވެސް އަވަދިނެތިގެން ދިއުމުގެ ކުރިން، އަމިއްލަ ނަފްސަށް ސަމާލުކަން ދިނުމަށް މާތްﷲ ދެއްވާ ރަޙުމަތުގެ ވަޤުތުކޮޅެކެވެ.

މާތް ނަބިއްޔާ ﷺ ހެނދުނުގެ ޛިކުރުތައް އުނގަންނަވައިދެއްވީ، ދުވަހުގެ ފެށުމުން މީހާގެ ހިތުގެ މިސްރާބު ކަނޑައެޅޭތީ އެވެ.

މުއުމިނަކު ނިދިން ހޭލަނީ ހަމައެކަނި ދުނިޔަވީ މަސައްކަތްތަކަކަށް ނޫނެވެ. އޭނާ ހޭލަނީ ﷲއަށް ބޭނުންޖެހިފައިވާ މިންވަރު އިޙްސާސްކުރަމުންނެވެ.

ހޭލުމަށްފަހު ފުރަތަމަލާ ނޭވާއަކީ މިކަމަށް އޮތް ދަޢުވަތެކެވެ. ”އަހަރެން ނިދިން ހޭލެއްވީ އަހަރެން އަމިއްލައަކަށް ނޫނެވެ. މި ދުވަހުގެ މިލްކުވެރިއަކީ އަހަރެންނެއް ނޫނެވެ. އަހަރެން އެދެނީ މި ދުވަހުގެ ހެޔޮކަމަށެވެ. އަދި މި ދުވަހުގެ ނުބައިކަމުން ރައްކާތެރިކަމަށް އެދި، އިލާހީ އިސްމުފުޅުން ދުވަސް ފަށަމެވެ.“

ވީމާ، އެންމެ ހެނދުނަކު ނަމަވެސް މިކަން ތަޖުރިބާކޮށްލާށެވެ. ފޯނާ ކުޅެން ފެށުމުގެ ކުރިން، ރޭގަނޑުގެ ވަޤުތުގައި ގޯސްކޮށް ނުގޮސް ސަލާމަތުން ހުރި ތިން ކަމެއް ފާހަގަކޮށް، އަޑުހަރުކޮށް ”އަލްޙަމްދުލިﷲ“ ކިޔާށެވެ. އެ ޝުކުރުވެރިކަން ވަކިވަކި ކަންކަމަށް ޚާއްޞަކުރާށެވެ. އަޅާފައިވާ ރެޖާގަނޑާއި، ބޯން ހުރި ފެނާއި، ގާތުގައި ދިރިތިބި ގާތް މީހުންނާއި، މާތްﷲ ސިއްރުކޮށްދެއްވި ފާފަތަކާއި، އަދި އަލުން ދިރިއުޅުން ފެށުމަށް ލިބުނު ފުރުޞަތަށެވެ.

މިއީ ކުދިކުދި ކަންތައްތަކެއްގެ ގޮތުގައި ފެނިދާނެ އެވެ. ނަމަވެސް މިފަދަ ހަމަހިމޭން ނިޢުމަތްތަކަކީ އަގެއް ނެތް މަތިވެރި ނިޢުމަތްތަކެވެ. ގިނަ ފަހަރަށް އިލާހީ ރަޙުމަތަކީ ތިބާއަށް ފާހަގަނުކުރެވި ދޫކޮށްލެވޭ ކަންކަމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.