އަންނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލާ ފަރާތްތަކުގެ ރީ-ރަޖިސްޓްރޭޝަނަށް އަންނަ އާދީއްތަ ދުވަހު އިލެކްޝަން ސެންޓަރ ގައި ހުޅުވާލުމަށް ނިންމައިފިއެވެ.
މިކަމާ ބެހޭގޮތުން މައުލޫމާތު ދެމުން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ ރީ ރަޖިސްޓްރޭޝަންގެ ހިދުމަތް ދިނުމަށް މިއަދު ހުޅުވިގެން ދިޔަ އިލެކްޝަން ސެންޓަރގައި 13 ކައުންޓަރު ގާއިމްކޮށްފައިވާނެ ކަމަށެވެ.
މި 13 ކަްުނތަރުން ވެސް ޚިދުމަތް ލިބޭނެ ކަމަށާއި އެހެން ނަމަވެސް އެ ކައުންޓަރުތަކުން ހިދުމަތްދޭނީ ކިއުތަރުތީބު ނަމްބަރު ދޫކޮށްގެން ކަމަށެވެ.
އަމްޖަދު ވިދާޅުވީ ރީ-ރަޖިސްޓްރޭޝަން ކުރުމުގެ ފުރުސަތު މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައި ވެސް މި ހިދުމަތް ފެށިގެން ދާނެކަމަށެވެ. އަދި އަތޮޅު ތެރޭގައި މިކަން ކުރިއަށްދާނީ އިލެކްޝަންސް އިން އިންތިޒާމްކޮށްފައި ހުންނަ ފޯކަލް ޕޮއިންޓް މެދުވެރިކޮށް ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރީ-ރެޖިސްޓްރޭޝަން މަރުހަލާގަ މާލޭގަ ދޭ ހިދުމަތް ކުރިއަށްދާނީ ބާ ޖަމާލުއްދީންގައެވެ.
ބާޖަމާލުއްދީންގައި ހުންނަ ތިން ކްލާސްރޫމެއްގައި ރީ-ރެޖިސްޓްރޭޝަން ފޯމް ޕްރޮސެސްކުރުމުގެ އިންތިޒާމްތައް ކުރިއަށްދާނެ ކަމަށާއި އަދި އެ ފޯމް ހުށަހެޅި ފަރާތަށް ޖަވާބު މި ފަހަރު ލިބޭނީ އެސްއެމްއެސްގެ ޒަރިއްޔާއިންކަމަށް ވެސް އަމްޖަދު ވިދާޅުވިއެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން މިމަހުގެ 20 ގެ ނިޔަލަށް ރީ-ރެޖިސްޓްރޭޝަން ގެ ޚިދުމަތް ކުރިޔައްދާއިރު ގާތްގަނޑަކަށް 60 ވަރަކަށް ވޮލަންޓިއަރުން މަސައްކަތް ކުރާނެ ކަމަށްވެސް އިލެކްޝަން ކޮމިސަނުން މައުލޫމާތުދެއެވެ.
އަދީ މީގެ އިތުރުން 12 ސުޕަވައިޒަރުންނާއެކު 72 ފަރާތަކުން އެ މަސައްކަތުގައި ހަރަކާތްތެރިވާނެ ކަމަށްވެސް އިލެކްޝަންއިން ބުނެފައިވެއެވެ.
ރީ-ރެޖިސްޓްރޭޝަން ފޯމް ޕްރޮސެސްކުރުމުގެ އިންތިޒާމްތައް ކުރިއަށްދާނީ ބާޖަމާލުއްދީނުގެ ތިން ކުލާސްރޫމެއްގައި ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފޯމް ހުށަހެޅި ފަރާތަށް ޖަވާބު ބަލައި ވަޑައިނުގެންނެވިޔަސް އެ ފޯމް ޕްރޮސެސްކޮށް ނިމޭ ހިސާބުން އެސްއެމްއެސްއަކުން ޖަވާބު ލިބިވަޑައިގަންނަވާނެކަމަށެވެ.
ރީ-ރެޖިސްޓްރޭޝަންގެ ޚިދުމަތް ލިބިވަޑައިގަންނަވާނީ ބަންދު ނޫންކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.