ޚަބަރު ފީތާ

އަތޮޅުތެރެއިން ކޮވިޑް ޖެހޭ އަދަދު އިތުރުވަނީ، މިއަދު ޖުމްލަ 137 މީހުން ޕޮސިޓިވްވި

ރާއްޖެއިން އިތުރު 137 މީހުން ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު ކޮވިޑަށް ޓެސްޓު ކޮށްފައިވަނީ 4،996 ސާމްޕަލެވެ.

އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން މިއަދު އެންމެ ގިނަ މީހުން ޕޮސިޓިވްވީ އަތޮޅުތެރެއިން ކަމަށެވެ. އެގޮތުން އަތޮޅުތެރެއިން 100 މީހުން ޕޮސިޓިވްވެފައިވާއިރު މާލެއިން 23 މީހުން ޕޮސިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރިސޯޓުތަކުން ކޮވިޑް ޖެހިފައިވަނީ 14 މީހުންނަށެވެ.

މިވަގުތު ކޮވިޑަށް ފަރުވާދެމުން ދަނީ 2،566 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 17 މީހުންނަށެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 75،095 އަށް އަރާފައި އެވެ. އަދި ބަލީގައި މިހާތަނަށް މަރުވެފައިވަނީ 222 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 77،895 މީހުންނެވެ.

Like
Like Love Haha Wow Sad Angry