މިއަދު ކޮވިޑް-19 އަށް ޕޮސިޓިވްވީ 125 މީހުން

ރާއްޖެއިން އިތުރު 125 މީހުން ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު ކޮވިޑަށް ޓެސްޓު ކޮށްފައިވަނީ 5،449 ސާމްޕަލެވެ.

އިޝްތިހާރު Below Header ad

އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން މިއަދު އެންމެ ގިނަ މީހުން ޕޮސިޓިވްވީ އަތޮޅުތެރެއިން ކަމަށެވެ. އެގޮތުން އަތޮޅުތެރެއިން 91 މީހުން ޕޮސިޓިވްވެފައިވާއިރު މާލެއިން 26 މީހުން ޕޮސިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރިސޯޓުތަކުން ކޮވިޑް ޖެހިފައިވަނީ އަށް މީހުންނަށެވެ.

މިވަގުތު ކޮވިޑަށް ފަރުވާދެމުން ދަނީ 2،459 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 16 މީހުންނަށެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 75،065 އަށް އަރާފައި އެވެ. އަދި ބަލީގައި މިހާތަނަށް މަރުވެފައިވަނީ 222 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 77،758 މީހުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.