
މިއަދު ކޮވިޑު ޖެހުނީ 123 މީހުންނަށް
ރާއްޖެއިން އިތުރު 123 މީހުން ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއަދު ކޮވިޑަށް ޓެސްޓު ކޮށްފައިވަނީ 5،024 ސާމްޕަލެވެ.
އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން މިއަދުވެސް އެންމެ ގިނަ މީހުން ޕޮސިޓިވްވީ އަތޮޅުތެރެއިން ކަމަށެވެ. އެގޮތުން އަތޮޅުތެރެއިން 82 މީހުން ޕޮސިޓިވްވެފައިވާއިރު މާލެއިން 21 މީހުން ޕޮސިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ރިސޯޓުތަކުން ކޮވިޑް ޖެހިފައިވަނީ 21 މީހުންނަށެވެ.
މިވަގުތު ކޮވިޑަށް ފަރުވާދެމުން ދަނީ 2،601 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 16 މީހުންނަށެވެ.
ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 74،598 އަށް އަރާފައި އެވެ. އަދި ބަލީގައި މިހާތަނަށް މަރުވެފައިވަނީ 221 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 77،432 މީހުންނެވެ.