އުރީދު އަތޮޅު ދުވުމުގައި ބައިވެރިވުމުގެ މުއްދަތު މިއަދު ހަމަވާނެ!

އުރީދު އަތޮޅު ދުވުމުގައި ބައިވެރިވުމުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.

އެގޮތުން މި ދުވުމުގައި ރެޖިސްޓަރވުމުގެ ފުރުސަތު މިއަދު ހަވީރު 6 ޖަހަންދެން އޮންލައިން ޕޯޓަލް: ore.do/regstr މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

އިޝްތިހާރު Below Header ad

މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވަނަ ފަހަރަށް އިތުރުކުރީ ބައިވެރިވާން ބޭނުންވާ ވީހާވެސް ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ނެވެ.

ހަމައެއާއެކު ރެޖިސްޓަރވެފައިވާ ދުވުންތެރިން ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަގްރާމްގައި 31 ޖުލައިގެ މެންދަމު 12ގެ ކުރިން ވަރޗުއަލް ބިބް ޝެއަރކޮށްގެން އަތޮޅު ދުވުމުގެ ޓީޝަރޓެއް ހޯދުމުގެ ފުރުސަތު ވެސް މިހާރުވަނީ ހުޅުވާލާފަ އެވެ.

އުރީދޫގެ 16 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ މިއަހަރުގެ ދުވުމުގައި 5 ކިލޯމީޓަރާއި 10 ކިލޯމީޓަރ ގެ ކެޓެގަރީގެ ދުވުން ވަނީ ހިމަނާފަ އެވެ. ދިހަ ކިލޯ މީޓަރަކީ މިއަހަރު އަލަށް ތަޢާރަފް ކުރި ކެޓަގަރީއެކެވެެ.

މި ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންވާ ދުވުންތެރިން ދެކެޓެގަރީއަށް ވަކިން ރެޖިސްޓަރވެ މުޅިއަކު 15 ކިލޯމީޓަރު ފުރިހަމަކުރަންޖެހެ އެވެ. އަދި 5 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަށް، 1 އޯގަސްޓް އާއި 7 އޯގަސްޓް އާއި ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެ އެވެ.

ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަރމޭޝަން މެސެޖެއް ލިބިވަޑައިގަންނަވާނެ އެވެ.

ރެޖިސްޓަރ ކުރައްވާފައިވާ ދުވުންތެރިން، އެބޭފުޅެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަން-ޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބިވަޑައިގަންނަވާނެ އެވެ.

ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވަރ ކޮށްދޭނެ އެވެ.

އުރީދޫ އަތޮޅު ދުވުމަކީ އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ.

މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން މަރުހަބާކިޔަ އެވެ.

މި ވަރޗުއަލް ދުވުމުގެ އިތުރު މަޢުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިގެންދާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.