ޚަބަރު ފީތާ

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ޖޫރިމަނާގެ ގޮތުގައި 106 މިލިއަން ރުފިޔާ ބަލައިގެންފި

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ޖޫރިމަނާގެ ގޮތުގައި 106 މިލިއަން ރުފިޔާ ބަލައިގެންފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބުނީ މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާގެ އަދަދަށްވުރެ 79.5 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ލިބުނީ 59 މިލިއަން ރުފިޔާ އެވެ.

ޖޫރިމަނާގެ ގޮތުގައި 43.8 މިލިއަން ރުފިޔާ ދައުލަތަށް މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، މިއަހަރުގެ އޭޕްރީލް އަށްވަނަ ދުވަހާ ހަމައަށް އެކަނިވެސް ޖޫރިމަނާގެ ގޮތުގައި 42 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ޖޫން މަހުގެ ނިޔަލަށް މީރާއަށް 7.49 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި ޓެކުހުގެ ގޮތުގައި ލިބުނު 5.8 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން ގޮތްގޮތަށް ލިބުނު 1.6 ބިލިއަން ރުފިޔާ ހިމެނެ އެވެ.

Like
Like Love Haha Wow Sad Angry