ރާއްޖެއިން ކޮވިޑް ޖެހުނު 74،020 މީހުން ބަލިން ރަނގަޅު ވެފައިވޭ

ރާއްޖޭގައި 76،848 މީހުންނަށް މިހާތަނަށް ކޮވިޑް19 ޖެހިފައިވާއިރު 74،020 މީހުން މިބަލިން ރަނގަޅުވެފައިވާ ކަމަށް ދައްކައިފިއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ބަޔާން ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ކޮންމެ ރެއަކު އާންމު ކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާއި ހަމައަށް 98 މީހުން ވަނީ ކޮވިޑް19 އަށް ފައްސި ވެފައެވެ. އޭގެތެރެއިން 26 މީހުން ފައްސި ވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުން ފައްސި ވެފައިވަނީ 55 މީހުންނެވެ. މިހާރު ރާއްޖޭގައި އޮޕަރޭޓް ކުރާ ރިސޯޓުތަކުން ވެސް 17 މީހުން ފައްސިވެފައިވެއެވެ.

އިޝްތިހާރު Below Header ad

ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޖުމްލަ 5744 މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށް ވެސް އެޗް.ޕީ.އޭއިން އާންމު ކޮށްފައިވާ ޑޭޓާގައި ވެއެވެ. އަދި އެހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ރާއްޖޭގައި ކޮވިޑް19 ޖެހުނު 74،020 މީހުން ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންނަމަވެސް ބަލި ޖެހިފައިވާ 2،597 މީހުން އަދިވެސް އެބަތިއްބެވެ. އޭގެތެރެއިން 13 މީހުންނަށް ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

 

ރާއްޖޭގައި ކޮވިޑް19 ޖެހިގެން ދުނިޔެ ދޫކޮށްފައި ވަނީ 219 މީހުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.