ކަންކަން ހައްލު ކުރަން ރަނގަޅު ގޮތްތަކެއް ރާވައިގެން ވިސްނުންތެރިކަން އިސްކުރުން މުހިންމު: ރޮޒެއިނާ

ކަންކަން ހައްލު ކުރަން ރަނގަޅު ގޮތްތަކެއް ރާވައިގެން ވިސްނުންތެރިކަން އިސްކުރުން މުހިންމު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކުރައްވާފައިވާ ޓްވޓެެއްގަ އެވެ.

އިޝްތިހާރު Below Header ad

އެ ޓްވީޓުގައި ވިދާޅުވެފައިވަނީ ހުރިހާ ކަމެއް އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއް ނޫން ކަމަށެވެ.

ބަސްމަދުކޮށް އަމަލު ގިނަކުރާ އުސޫލު މުހިންމުކަން ފާހަގަކުރައްވާ މެމްބަރު ރޮޒެއިނާ ވަނީ ވެރިންނަށް ހެޔޮ ވިސްނުން ދެއްވުމަށް ވެސް އެދިފަ އެވެ.

މި ޓްވީޓުގައި ވަކި މީހަކަށް ސީދާ ނިސްބަތްކޮށްފައި ނުވިނަމަވެސް ރައީސް ނަޝީދަށް ދެވުނު ޓެރެރިސްޓް ހަމަލާއަށްފަހު އެމަނިކުފާނު ފާޅުކުރައްވާ ޝުއޫރުތަކާއި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ނަފްރަތުގެ ބިލާއި ގުޅިގެން ދައްކަވަމުންދާ ވާހަތަކާއި ގުޅިގެން އެމްޑީޕީއަށް ތާއީދުކުރާ ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ފާޑުކިޔަމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.