ޚަބަރު ފީތާ

ފޮރިން މިނިސްޓަރ ޝާހިދުގެ އިންޑިއާ ދަތުރުފުޅުގައި އިންޑިއާ އާއެކު އެއްބަސްވުންތަކެއްގައި ސޮއި ކުރަނީ!

ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ އިންޑިއާ ދަތުރުފުޅުގައި އެއްބަސްވުންތަކެއްގައި ސޮއި ކުރަން ނިންމާފައިވާ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އެ ގައުމުން ބުނީ އ.ދ ގެ އާންމު މަޖިލީހުގެ އިންތިޚާބީ ޝާހިދުގެ ދަތުރުފުޅާއިބެހޭ ގޮތުން އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީން ބުނީ އިންޑިއާގެ އެހީގައި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ޝާހިދުގެ ދަތުރުފުޅުގައި އެ އެއްބަސްވުންތައް ރިވިއުކޮށް ސޮއި ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ޝާހިދާއެކު މަޝްވަރާ ކުރާނެ ކަމަށާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަން މަޝްވަރާ ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މިނިސްޓަރު ޝާހިދުގެ އެ ދަތުރުފުޅަކީ އ.ދގެ އާންމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އެ ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޑރ. އެސް. ޖަޔަޝަންކަރްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.

Like
Like Love Haha Wow Sad Angry