ޚަބަރު ފީތާ

ޓޯކިޔޯ އޮލިމްޕިކްސް: އިތުރު ދެ އެތްލީޓުން ކޮވިޑަށް ޕޮޒިޓިވް ވެ، ޖުމްލަ 91 އަށް އަރައިފ

TOKYO, JAPAN - JANUARY 22: People wearing face masks walk past the Olympic Rings on January 22, 2021 in Tokyo, Japan. With just six months to go until the start of the Games, it has been reported that the Japanese authorities have privately concluded that the Olympics could not proceed due to the ongoing Covid-19 coronavirus pandemic. Spokesmen from the IOC and Japanese government have since rejected the report. (Photo by Carl Court/Getty Images)

ޓޯކިޔޯ އޮލިމްޕިކްސްއަށް ދިޔަ އިތުރު ދެ އެތްލީޓުން ކޮވިޑަށް ޕޮޒިޓިވް ވެ، ޖުމްލަ 91 އަށް އަރައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިފަހަރު ޕޮޒިޓިވް ވެފައިވަނީ ޗެކް ރިޕަބްލިކް ގެ ޓީޓީ ކުޅުންތެރިޔާ ޕަވެލް ސިރުއެކް އަދި ނެދަރލޭންޑްސްގެ ސްކޭޓްބޯޑަރ ކެންޑީ ޖޯކަބްސް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ދެ އެތްލީޓުން މިހާރުތިބީ ކަރަންޓީނުގައި ކަމަށާއި ކޮންޓެކްޓުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

“މި ދެ އެތްލީޓުން ޕޮޒިޓިވް ވީ މިދިޔަ ބުދަ ދުވަހު. މި އެތްލީޓުން މިހާރުވަނީ އެކަހެރި ކޮށްފަ. އަދި ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް ފަހާގަވި ބައެއް މީހުން ވެސް ވަނީ އެކަހެރިކޮށްފަ.” ހިންދުސްތާން ޓައިމްސް ގައި ބުނެފައި ވެއެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުގައި މިހައިތަނަށް އެކަހެރި ކުރި މީހުންގެ ތެރޭގައި އެ ދެ ޓީމުގެ ކޯޗުންނާއި ބައެއް އޮފިޝަލކުން ވެސް ހިމެނެ އެވެ.

ދުނިޔޭގައި ބާއްވާ ކުޅިވަރުގެ އެންމެބޮޑު ހަރަކާތް، ޓޯކިޔޯ އޮލިމްޕިކްސް މުބާރާތުގައި ބައިވެރިވާ ޓީމުތަކުން މިހާރު ވަނީ ޓޯކިޔޯއަށް ދާން ފަށާފަ އެވެ.

މި މުބާރާތް މާދަމާ ފެށުމަށް ތާވަލުކޮށްފައިވާ އިރު، ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ޢަދަދުތައް އަންނަނީ އިތުރުވަމުން ނެވެ.

މިފަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ކުރިއަށް ގެންދާތީ އެގައުމުގެ ބައެއް ރައްޔިތުންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މުބާރާތް ނުބޭއްވުމަށް ގޮވާލާ އަޑު އުފުލާފާ ވެސް ވެއެވެ.

ޑަބްލިއުއެޗްއޯ އިން ވެސް ވަނީ މިފަދަ ބޮޑު މުބާރާތެއް ކުރިއަށްގެންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޓޯކިޔޯ އޮލިމްޕިކްސް ގައި ރާއްޖެއިން ބައިވެރިވާ އެތްލީޓުން މިހާރުވަނީ ޖަޕާނަށް ގޮސްފަ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ޓޯކިޔޯ އޮލިމްޕިކްސް: އިތުރު ދެ އެތްލީޓުން ކޮވިޑަށް ޕޮޒިޓިވް ވެ، ޖުމްލަ 91 އަށް އަރައިފ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.