މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މިއަދު ވެސް ކަރަންޓު ކެނޑުން އެކަށީގެންވޭ: ސްޓެލްކޯ

މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މިއަދު ވެސް ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ގްރޭޓަރ މާލެ ގްރިޑްގެ ދެވަނަ ސަރކިޓްގެ މަސައްކަތް މިއަދުވެސް ހަވީރު 5 ޖަހަންދެން ކުރާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރިޔަށްދާ ވަގުތުތަކުގައި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތް ކަމަށެވެ.

އިޝްތިހާރު Below Header ad

މާދަމާ އާއި ހޮނިހިރު ދުވަހު ވެސް ގްރޭޓަރ މާލެ ގްރިޑްގެ މަސައްކަތް ކުރާގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށާއި މިއީ ކުރިން އެ މަސައްކަތްކުރަން ރާވާފައިވާ ދެ ދުވަސް ނޫން ކަމަށް ވެސް ސްޓެލްކޯ އިން ބުނެ އެވެ. އަދި މި ދެދުވަހުވެސް ހުޅުމާލެއާއި، މާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ ޓެކްނިކަލް މައްސަލައެއް އިތުރަށްދިމާނުވާ ނަމަ، މިމަހުގެ 24 ވާ ހޮނިހިރު ދުވަހު މި މަސައްކަތުގެ އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މި މަސައްކަތް ކުރަމުން ދަނިކޮށް އިއްޔެ ވެސް ވަނީ މުޅި މާލެއިން ކަރަންޓު ކެނޑިފަ އެވެ. ނަމަވެސް މައްސަލަ ހައްލުކޮށް ދޮޅުގަޑިއެއްހާ އިރުގެ ތެރޭގައި މުޅި މާލެއަށް ވަނީ ކަރަންޓު ދީފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.