މުޅި މާލެއަށް މިހާރު ވަނީ ކަރަންޓު އަލުން ދެވިފަ: ސްޓެލްކޯ

މުޅި މާލެއަށް މިހާރު ވަނީ ކަރަންޓު އަލުން ދެވިފައި ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

މިއަދު މެންދުރު ގާތްގަޑަކަށް 12 ޖެހި އިރު، މާލެއިން ކަރަންޓު ކެނޑުނީ ގްރޭޓަރ މާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

އިޝްތިހާރު Below Header ad

މިކަމާއިގުޅިގެން މުޅި މާލެއަށް ކަރަންޓު އަލުން ދިނުމަށް ގަޑިއެއްހާއިރު ހޭދަވާނެކަމަށް ބެލެވޭ ކަމަށް ސްޓެލްކޯ އިން ބުނެފައިވާ އިރު، މުޅި މާލެއަށް އެއްކޮށް ކަރަންޓު ދީފައިވަނީ މިއަދު މެންދުރު ގާތްގަޑަކަށް 2 ޖަހާ ކަންހާ އިރުއެވެ.

އެ ކުންފުނިން އަންނަނީ ގްރޭޓަރ މާލެ ގްރިޑްގެ މަސައްކަތް ކުރަމުން ނެވެ. އެ މަސައްކަތުގެ ދަށުން މިއަދު ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތްކަން ކުރިން ވަނީ ބުނެފަ އެވެ. އަދި ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯ އިން ކުރިން ބުނެފައިވަނީ ގްރޭޓަރ މާލޭ ގްރިޑްގެ ދެވަނަ ސާރކިޓް އެނަޖައިޒް ކުރުން 21 ޖުލައި ވާ ބުދަ ދުވަހު ހެނދުނު އަށަކުން ހަވީރު ފަހެއް ޖަހަންދެން ކުރިޔަށްދާނެ ކަމަށެވެ. އަދި މި ދުވަހު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ޖުލައި 22 ވާ ބްރާސްފަތި ދުވަހު ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތް ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައި ވެއެވެ.

ގްރޭޓަރ މާލެ ގްރިޑް ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫއެވެ.

“މި މަސައްކަތުގެ ޓެސްޓިންގ މަރުހަލާތައް ކުރިޔަށްދާއިރު އަދި ކުރިމަގުގައި މައްސަލައެއް ދިމާނުވެ، މި މަޝްރޫއުގެ ފަސޭހަތައް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަގޮތުގައި ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތުގައި ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ގްރޭޓާމާލެ ގްރިޑްގެ ޓެސްޓު މަރުހަލާ ވީއެންމެ އަވަހަކަށް ނިންމުމަށް. މި މަސައްކަތް ކުރިޔަށްގެންދާނެ ދުވަސްތަކާއި، ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ފުރުސަތު އޮތްނަމަ، އެކަމެއް އަޅުގަނޑުމެން ގެންދާނީ މީޑިއާއި، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އަންގަމުން. ދިމާވި ދަތިތަކަށް އަދިވެސް އެއްފަހަރު އެންމެހާ ކަސްޓަމަރުންގެ ކިބައިން މާފަށް އެދެން.” ސްޓެލްކޯ އިން ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.