މާލެއިން ކަރަންޓު ކެނޑުނީ ގްރޭޓަރ މާލެ ގްރިޑްގެ ދެެވަނަ ސާރކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަނިކޮށް: ސްޓެލްކޯ

މާލެއިން ކަރަންޓު ކެނޑުނީ ގްރޭޓަރ މާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

މިއަދު މެންދުރު ގާތްގަޑަކަށް 12 ޖެހި އިރު، މުޅި މާލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން އެ ކުންފުނިން ބުނީ މުޅި މާލެއިން ވަނީ ކަރަންޓުކެނޑިފައި ކަމަށެވެ. އަދި ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މީގެ އިތުރުން މުޅި މާލެއަށް ކަރަންޓު އަލުން ދިނުމަށް ގަޑިއެއްހާއިރު ހޭދަވާނެކަމަށް ބެލެވޭ ކަމަށް ބުނެފައިވާ އިރު، މާލޭގެ ބައެއް ސަރަަހއްދުތަކަށް މިހާރުވަނީ ކަރަންޓު ދީފަ އެވެ.

އެގޮތުން80 އިންސައްތަ ސަރަހައްދަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ގްރޭޓަރ މާލެ ގްރިޑްގެ މަސައްކަތް ކުރަމުންދާއިރު، މިއަދު ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތްކަން ކުރިން ވަނީ މީޑިއާތައް މެދުވެރިކޮށް އެންގިފައި ކަމަށާއި ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯ އިން ކުރިން ބުނެފައިވަނީ ގްރޭޓަރ މާލޭ ގްރިޑްގެ ދެވަނަ ސާރކިޓް އެނަޖައިޒް ކުރުން 21 ޖުލައި ވާ ބުދަ ދުވަހު ހެނދުނު އަށަކުން ހަވީރު ފަހެއް ޖަހަންދެން ކުރިޔަށްދާނެ ކަމަށެވެ. އަދި މި ދުވަހު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ޖުލައި 22 ވާ ބްރާސްފަތި ދުވަހު ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތް ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.