
ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ޕޮޒިޓިވް ވީ 169 މީހުން!
ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ޕޮޒިޓިވް ވީ 169 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 24 މީހުންނާއި އަތޮޅުތަކުން 127 މީހުން ނެވެ. އަދި ރިސޯޓުތަކުން 15 މީހުންނާއި ލައިވްބޯޑުތަކުން 3 މީހުން ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.
މިއާއެކު ރާއްޖެއިން 76،188 މީހުންނަށް ކޮވިޑު ޖެހިފައިވާ އިރު، 73،340 މީހުން ވަނީ ކޮވިޑު ބަލިން ރަނގަޅުވެފަ އެވެ.
އެކްޓިވް ކޭސްގެ ޢަދަދު 2،619 ގައި ހުރި އިރު، ފާއިތުވި 24 ގަޑި އިރު ނަގާފައިވަނީ 4،932 ސާމްޕަލެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން މިހައިތަނަށް ނިޔާވެފައިވަނީ 217 މީހުން ނެވެ.
✳️ COVID-19 : Case Updates pic.twitter.com/pgLFW1TEdl
— Health Protection Agency (@HPA_MV) July 20, 2021