ޚަބަރު ފީތާ

އޮކްޓޯބަރު މަހު އޮންނަ “މިސް އިންޑިއާ ކްއީން” ގެ ޖަޖަކަށް މަލައިކާ އަރޯރާ!

އޮކްޓޯބަރު މަހު އޮންނަ “މިސް އިންޑިއާ ކްއީން 2021” ގެ ޖަޖުންގެ ޕެނަލިސްޓަކަށް މަލައިކާ އަރޯރާ ހަމަޖައްސައިފި އެވެ.

އިންޑިއާގެ ގޯއާގައި ސެޕްޓެމްބަރު 29 ގައި ފަށާ މި ޝޯވ ގެ ގްރޭންޑް ފިނާލޭ އޮންނާނީ އަންނަ އޮކްޓޫބަރު 3 ވަނަ ދުވަހު އެވެ.

މަލައިކާ ބުނީ މިއީ ވަރަށް ދާން ބޭނުންވެފައި ހުރި އިވެންޓެއް ކަމަށެވެ. އަދި ޖަޖުންގެ ޕެނަލްގައި ހިމެނުމުން ވަރަށް އުފާވާ ކަމަށެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަލައިކާ ވަނީ ނެޓްފްލިކްސް އިން ދެއްކި “ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް” އިން ޚާއްޞަ މެހްމާނެއްގެ ގޮތުގައި ވެސް ފެނިލާފަ އެވެ.

މީގެއިތުރުން ސުޕަރ ޑާންސް ޗެޕްޓަރ 4 ގެ ޖަޖެއްގެ ގޮތުގައި ވެސް މަލައިކާ ދާދިފަހުން ވަނީ ފެނިފަ އެވެ.

Like
Like Love Haha Wow Sad Angry