ގްރޭޓަރ މާލެ ގްރިޑް އެނަރޖައިޒް ކުރުމުގެ ފުރަތަމަ ދުވަހުގެ މަސައްކަތް ކާމިޔާބު!

ގްރޭޓަރ މާލެ ގްރިޑް އެނަރޖައިޒް ކުރުމުގެ ފުރަތަމަ ދުވަހުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ސްޓެލްކޯ އިން ބުނީ މާތްﷲ ގެ އިރާދަފުޅާއެކު، އެއްވެސް ޓެކްނިކަލް މައްސަލައެއްދިމާނުވެ، މިއަދު މިވަނީ ގްރޭޓަރ މާލެ ގްރިޑް އެނަޖައިޒް ކުރުމުގެ ފުރަތަމަ ދުވަހުގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވިފައި ކަމަށެވެ. އަދި މިހާރު ވާނީ ފުރަތަމަ ސާކިޓް އެނަރޖައިޒް ކުރެވިފައި ކަމަށެވެ.

އިޝްތިހާރު Below Header ad

އެ ކުންފުނިން ބުނީ މާދަމާ އޮންނާނީ ހުޅުމާލެ އިންޖީނުގެއާއި މާލޭ އިންޖީނުގެ ސިންކްރޮނައިޒް ކުރުން ކަމަށެވެ.

މީގެ އިތުރުން ގްރޭޓަރ މާލޭ ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތުގައި އެ ކުންފުނީގެ ޒުވާން ޓެކްނީޝަނުންނާއި އިންޖީނިއަރުން ބައިވެރިވި ކަމަށާއި މިފަދަ މަލްޓިމިލިއަން ޑޮލަރުގެ މަޝްރޫއުތަކުގައި އިސްކޮށްތިބެ އެ ކުންފުނީގެ ޒުވާން ޓީމުން ކުރަމުންދަނީ އެންމެން ފަޚުރުވެރިވާ ފަދަ ބުރަ މަސައްކަތްތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ސްޓެލްކޯ އިން ބުނެފައިވަނީ މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ މި މަހުގެ 21،18،17 އަދި 22 ދުވަހު ކަމަށެވެ.

އެގޮތުން 17 ވަނަ ދުވަހު (މާދަމާ) ހެނދުނު 8:00 އިން 17:00 އަށް އެ މަސައްކަތް ކުރަމުންދާއިރު، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި 18 ވާ އާދީއްތަ ދުވަހު ގްރިޑް މާލޭގެ އިންޖީނުގެއާއި ސިންކޮރޮނައިޒް ކުރެވިގެންދާނެ ކަމަށެވެ.

Stelco 1 1

ސްޓެލްކޯ އިން ބުނީ ގްރޭޓަރ މާލޭ ގްރިޑްގެ ދެވަނަ ސާރކިޓް އެނަޖައިޒް ކުރުން 21 ޖުލައި ވާ ބުދަ ދުވަހު ކުރާ އިރު، އެދުވަހު ވެސް ހެނދުނު އަށަކުން ހަވީރު ފަހެއް ޖަހަންދެން މަސައްކަތް ކުރިޔަށްދާނެ ކަމަށެވެ. މި ދުވަހު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން ޖުލައި 22 ވާ ބްރާސްފަތި ދުވަހު ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތް ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައި ވެއެވެ.

Stelco 3 1

ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓުން ގުޅާލެވޭ މަޝްއޫއެކެވެ. އަދި މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފަ އެވެ.

މި ކަރަންޓުވިއުގައިން ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.