އެމްއެންޕީ ގެ ސަބަބުން ޕީޕީއެމް އަށް މަޖިލީހުގެ މައިނޯރިޓީ ގެއްލިދާނެ ކަމުގެ ބިރު!

ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް ނުވަތަ ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ސިސްޓަމް ތަޢާރަފް ކުރެވުމާއެކު އަންނަނީ ގިނަ ސިޔާސީ ޕާޓީތަކެއް އުފައްދަމުން ނެވެ.

ރާއްޖޭގެ މަސްރަހުގައި އަމަލީގޮތުން ހަރަކާތްތެރިވާ ސިޔާސީ ޕާޓީތައް މަދުނަމަވެސް މިހާރުވެސް އަންނަނީ އިތުރު ސިޔާސީ ޕާޓީތައް ހެދުމުގެ މަސައްކަތް ކުރަމުން ނެވެ. މީގެ ސަބަބުން މިހާރު އުފައްދާ، ޢަމަލީ ގޮތުން ހަރަކާތްތެރިވާ ޕާޓީތަކަށް ހުރި ގޮން ޖެހުންވެސް ބޮޑެވެ.

އިޝްތިހާރު Below Header ad

މިގޮތުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާނީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އަށެވެ. އެއީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަވާ އައު ސިޔާސީ ޕާޓީ “މޯލްޑިވްސް ނޭޝަނަލް ޕާޓީ”ގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް އަށް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީކަން ގެއްލުމުގެ ބިރެވެ.

ކާރނަލް ރިޓެއަރޑް ނާޒިމް އިސްވެ ހުންނަވާ އުފައްދަވާ އެ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ 5 މެންބަރަކު ވަނީ މިހައިތަނަށް ގުޅިވަޑައިގެންފަ އެވެ.

އެއީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ބޮޑު އަޣުލަބިއްޔަތެއް އޮތް އިރު، އެމްޑީޕީގެ 65 މެންބަރުން މަޖިލީހުގައި ތިއްބަވަ އެވެ. މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމްގައި ތިއްބަވަނީ 6 މެމްބަރުން ނެވެ.

މި އަދަދަށް ބަލާއިރު، ނާޒިމްގެ ޕާޓީއަށް އިތުރު 2 މެމްބަރުން ނުވަތަ އެއަށް ވުރެ އިތުރު މެމްބަރުން މޯލްޑިވްސް ނެޝަނަލް ޕާޓީއާ ގުޅިއްޖެ ނަމަ، ޕީޕީއެމްގެ މައިނޯރިޓީ ގެއްލޭނެ އެވެ.

އެހެންކަމަށްވާ އިރު، މިއީ ޕީޕީއެމް އިން ވަރަށް ބޮޑަށް ވިސްނާނެ ކަމެއްކަން ޔަގީނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.