
ޖަޕާނުގެ ޖޭޑީއެސްގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް ދެވަނަ ފަހަރަށް ސްކޮލަރޝިޕް ދިނުމަށް ސޮއި ކޮށްފި
ޖަޕާނުގެ ހިއުމަން ރިސޯސް ޑެވެލޮޕްމެންޓް ސްކޮލަރޝިޕް (ޖޭޑީއެސް) ގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް ދެވަނަ ފަހަރަށް ސްކޮލަރޝިޕް ދިނުމަށް ސޮއި ކޮށްފި އެވެ.
މިނިސްޓްރީ އޮފް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑާ ކެއިކޯ ޔަނައި އާއި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.
އެއްބަސްވުމުގެ ތެރެއިން ރާއްޖެއަށް 110 މިލިއަން ޔެންގެ ގްރާންޓެއް ލިބޭ އިރު، މިއީ ގާތްގަޑަކަށް 995،000 އެމެރިކާ ޑޮލަރު ނުވަތަ 15 މިލިއަން ރުފިޔާ އެވެ.
މި ގްރާންޓްގެ ދަށުން 6 ފަރާތަކަށް ޖަޕާންގެ އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން މާސްޓަރސް ޑިގްރީ އާއި ހަމައަށް ކިޔެވުމަށް ސްކޮލަރޝިޕް ލިބޭނެ އެވެެ.
Japan provides Grant Aid of 110 Million Japanese Yen to the Maldives to the Project for Human Resource Development Scholarship
📃 Press Release | https://t.co/GsKvBVgKcQ pic.twitter.com/Mn7VKkLcWr
— Ministry of Foreign Affairs 🇲🇻 (@MoFAmv) July 15, 2021
މި ޕްރޮޖެކްޓުގެ ދަށުން މިދިޔަ އަހަރު ރާއްޖޭގެ 24 ދަރިވަރަކަށް 19 މިލިއަން ރުފިޔާގެ ސްކޮލަރޝިޕްތަކެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ.
މި ޕްރޮގްރާމް 2020 ގައި ވެސް ކުރިއަށް ގެންގޮސްްފައި ވެއެވެ.
1999 ވަނަ އަހަރުން ފެށިގެން ޖަޕާނު ސަރުކާރުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް 15 ގައުމަކަށް ވަނީ ސްކޮލަރޝިޕް ދީފަ އެވެ.