
ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފި، އުދަ އެރުން އެކަށީގެންވޭ!
ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު (ވައިޓް އެލަރޓް) ނެރެފި އެވެ.
އެ އިދާރާއިން ބުނީ މިރޭ 8:00 ހަމައަށް އެ އަތޮޅުތަކުގެ ގިނަ ރަށްތަކަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި އެހެން ހިސާބުތަކަށް ކެރީގެ އަސަރުފޯރި ނަމަވެސް މޫސުން އާއްމުގޮތެއްގައި ރަނގަޅު ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
Swell waves expected. pic.twitter.com/whXNIZ1SO5
— Maldives Meteorology (@MetMaldives) July 16, 2021