
އަޟްހާ އީދު ދުވަހު ހަވީރު 4 ން ރޭގަނޑު 8 އަށް ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސައިފި
މި އަހަރުގެ އަޟްހާ އީދު ދުވަހު ހަވީރު 4 ން ރޭގަނޑު 8 އަށް ފައިމަގުގައި އުޅޭގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.
އެ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ އީދު ދުވަހު ރައްޔިތުންނަށް ހިތް ފަސޭހަކޮށް އުޅެވޭނެ މަގުފަހިކޮށްދިނުމަށް ހަމަޖެއްސި ވަގުތުކޮޅެއް ކަމަށެވެ. އަދި މާލެ، ހުޅުމާލެ އަދި ވިލިމާލޭ ގެ ހުރިހާ މަގެއްގައި ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މި ނިންމުން އީދު ދުވަހުގެ އުފާ ރައްޔިތުންނަށް ފުރިހަމައަށް ހޯދައިދިނުމަށް ކަމަށާއި ސިޓީ ކައުންސިލުގެ އެ ނިންމުމާ ގުޅޭގޮތުން ޓްރެފިކް ޕޮލިހާވެސް މަޝްވަރާކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މިއަހަރުގެ އަޟްހާ އީދު ދުވަހު ފައިމަގުގާ އުޅޭގޮތަށް ވަކި ވަގުތެއް ހަމަޖެއްސި އިރު، ފައިބެއަހަރުތަކުގައި ވެސް މިފަދައިން އަންނަނީ ކަންކަން ކުރަމުން ނެވެ.
މިއަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ.