ކޮވިޑް19: މާލެއިން މިއަދު ފައްސިވީ 14 މީހުން

ކޮވިޑް19 އަށް މާލެ ސަރަހައްދުން މިއަދު ފައްސިވީ14 މީހުންނެވެ.

ރާއްޖޭގައި ކޮވިޑްގެ ޙާލަތު ހިއްސާ ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާއި ހަމައަށް މުޅި ރާއްޖެއިން 6،715 ސާމްޕަލް ނަގާފައިވެއެވެ. އޭގެތެރެއިން ފައްސިވެފައި ވަނީ 73 މީހުންނެވެ.

އިޝްތިހާރު Below Header ad

ހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުން ފައްސިވި 14 މީހުންނާއެކު މީހުން ދިރިއުޅޭ ރަށްރަށުން 46 މީހުން ވަނީ ފައްސި ވެފައެވެ. އަދި މިހާރު އޮޕަރޭޓް ކުރާ ރިސޯޓުތަކުން 09 މީހުން ފައްސިވެފައި ވާއިރު މީހުން ދިރިއުޅޭ ބޯޓުތަކުން 03 މީހުން އަދި ތަރައްޤީ ކުރަމުން އަންނަ ރަށަކުން އެކަކު ވަނީ ފައްސިވެފައެވެ.

މިރޭގެ ހިސާބުތަކާއެކު މިހާރު ރާއްޖޭގައި 2،501 މީހުން ދަނީ ކޮވިޑް19 އަށް ފަރުވާ ކުރަމުންނެވެ. އޭގެތެރެއިން 16 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

covid update

މުޅި ރާއްޖެއިން މިހާތަނަށް 75،405 މީހުން ކޮވިޑް19 އަށް ފައްސިވެފައިވާއިރު ބަލިން ރަނގަޅުވެފައި ވަނީ 72،678 މީހުންނެވެ.

ރާއްޖެއިން ކޮވިޑް19 ގައި ނިޔާވެފައި ވަނީ 214 މީހުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.