
ޕްލާސްޓިކް އުލާއި ސަމްސާ ރާއްޖެ އެތެރެކުރުން ހުއްޓާލާއިފިން، ބޮޑު ތަފާތެއް ފެންނާނެ: މިނިސްޓަރ ޝައުނާ
ޕްލާސްޓިކް އުލާއި ސަމްސާ ރާއްޖެ އެތެރެކުރުން ހުއްޓާލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބޮޑު ތަފާތެއް ފެންނާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝައުނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއްފަހަރު ބޭނުންކުރެވޭ ސަމްސަލާއި އޫ ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ދަތުރުތަކާއި އެހެން ކަންކަމުގައި ދާއިރު އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް އުލާއި ސަމްސާ ބޭނުންކުރުން ހުއްޓާލުމުން ވަރަށް ބޮޑު ތަފާތެއް ފެނިގެންދާނެ ކަމަށެވެ.
”މިކަމުގެ އެންމެ ބޮޑު އެއްސަބަބަކީ ދަތުރުތަކަށް ގޮސް ބޭނުން ކުރާ ޕްލާސްޓިކް އުލާއި ސަމްސާ އެއްފަހަރު ބޭނުން ކުރުމަށްފަހު ބީޗުތަކަށް އުކާލާފައި ހުރުން ހުއްޓިގެން ދާނެތީ.“ ޝައުނާ ވިދާޅުވި އެވެ.
We have banned importation of single use plastic cutlery, one of the most commonly found waste items on our beaches. We will see a considerable change when we switch to reusable items for our picnics. 🏝#EidHolidayTips https://t.co/re1c6aOQug
— Shauna Aminath 🎈❓ (@anuahsa) July 13, 2021
ޕްލާސްޓިކާއި ނުލާ ކެމްޕޭނުގެ ދަށުން މި ގޮތަށް އަމަލުކުރަން ނިންމާފައިވާ އިރު، މި ކެމްޕޭނުގެ ދަށުން އެއްފަހަރު ބޭނުން ކުރެވޭ އެތައް ވައްތަރެއްގެ ޕްލާސްޓިކެއް މިހާރުވެސް ވަނީ ރާއްޖެ އެތެރެކުރުން ހުއްޓާލަން ނިންމާފަ އެވެ.
އެގޮތުން ޕްލާސްޓިކް ހޮޅިއާއި ބާޒާރުކުރަން ބޭނުން ކުރާ ކޮތަޅުގެ ވަކި ސައިޒެއްގެ ކޮތަޅާއި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ޕްރޮޑަކްޓްތަކެއް ރާއްޖެ އެތެރެ ކުރުން ވަނީ ހުއްޓާލަން ނިންމާފަ އެވެ.