ޔޫރޯ 2020 ފައިނަލް: އިޓަލީ – އިންގްލެންޑް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭއިރު، މި މެޗުގައި ބައްދަލުކުރާނީ އިޓަލީއާއި އިންގްލެންޑެވެ. މި މެޗަކީ ހުރިހާ ގޮތަކުންވެސް ފޯރިގަދަ އަދި ބަލާހިތްވާނެ ކަހަލަ ތަފާތު ކުޅުމެއް ފެނިގެންދާނެ މެޗެކެވެ.

އިންގްލެންޑާއި އިޓަލީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް ކުޅޭއިރު، މި ދެޓީމަކީ މިފަހަރުގެ މުބާރާތުގައި ވަރަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އާދަޔާ ޚިލާފު ނަތީޖާތަކެއް ނެރެމުން އަންނަ ދެޓީމެވެ. އެގޮތުން މި ދެޓީމުން ވެސް މުބާރާތުގެ ފައިނަލާއި ހަމައަށް ދަތަރުރުކޮށްފައިވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

އިޝްތިހާރު Below Header ad

އިޓަލީއަށް ބަލާއިރު، އެޓީމު މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެގޮތުން އިޓަލީ ދެވަނަ ބުރުގައި ނިކުންނަން ޖެހުނީ  އޮސްޓްރިއާއާއި ދެކޮޅަށެވެ. އޮސްޓްރިއާއާއި ދެކޮޅަށް ކުޅުނު މެޗުންވެސް 1-2 އިން މޮޅުވެ އިޓަލީ ކުއާޓާއަށް ދަތުރުކުރިއެވެ. ކުއާޓާގައި އެޓީމު ނިކުންނަން ޖެހުނީ ބެލްޖިއަމާއި ދެކޮޅަށެވެ. މި މެޗުންވެސް 1-2 އިން މޮޅުވެ މުބާރާތުގެ ސެމީއަށް އިޓަލީ ދަތުރުކުރިއެވެ. ފައިނަލަށް އިޓަލީ ދަތުރުކުރީ ވަރުގަދަ ސްޕެއިން ޕެނަލްޓީގައި 2-4 އިން ބަލިކުރުމަށް ފަހުގައެވެ.

އިންގްލެންޑަށް ބަލާއިރު އެޓީމުން ވެސް ވަނީ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ ނެޗުން ނޮޅުވެ އެއް މެޗުން އެއްވަރުވެފައެވެ. އެޓީމުން ދެވަނަ ބުރަށް ދަތުރު ކުރީ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އިންގްލެންޑް ދެވަނަ ބުރުގައި ދައްލަުކުރަން ޖެހުނީ ޖާމަނީއާއެވެ. އެ މެޗުން 0-2 އިން ޖާމަނީ ބަލިކުރުމަށްފަހު ކުއާޓާއަށް އިންގްލެންޑް ދަތުރުކުރިއެވެ. ކުއާޓާ ގައި އިންގްލެންޑް ކުރިމަތިލާން ޖެހުނީ ޔޫކްރެއިނާއެވެ. އެ މެޗު ވަރަށް ފަސޭހަކަމާއި އެކު 0-4 އިން ކާމިޔާބު ކޮށް ސެމީއަށް އިންގްލެންޑް ދަތުރުކުރިއެވެ. އިންގްލެންޑް ފައިނަލަށް ދަތުރުކުރީ ސެމީގައި ޑެންމާކް 1-2 އިން ބަލިކޮށްގެންނެވެ.

އިންގްލެންޑާއި އިޓަލީ މިރޭ ޔޫރޯ 2020 ގެ ފައިނަލަށް ނިކުންނައިރު، މިއީ އިންގްލެންޑުން އެގައުމުގެ ތާރީހުގައިވެސް ޔޫރޯގެ ފައިނަލެއް ކުޅޭ ފުރަތަމަ ފަހަރެވެ. އެގޮތުން އިންގްލެންޑުގެ އެންމެ ބޮޑު އުންމީދަކަށް ވާނީ މިރޭ އިޓަލީ ބަލިކޮށް މުބާރާތުގެ ތަށި ހޯދާ ތާރީޚުގެ ތެރެއަށް ވަނުމެވެ. އަނެއް ކޮޅުން އިޓަލީގެ އުންމީދަކަށް ވާނީ 1968 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރު ކުރުމަށެވެ.

އިޓަލީއާއި އިންގްލެންޑް ގެ ތާރީޚީ ކުރިމަތިލުންތައް

މި ދެޓީމުން މީގެ ކުރިން ފައިނަލެއްގައި ބައްދަލުކޮށްފައި ނުވިނަމަވެސް އެކި ފަހަރުމަތިން 27 ވަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރެއިން އިޓަލީ 11 ފަހަރު މޮޅުވެފައިވާއިރު، އިންގްލެންޑް ވަނީ 8 ފަހަރު މޮޅުވެފައެވެ. 8 މެޗުން ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ2018 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ.

މިރޭގެ ފައިނަލް މެޗުގައި އިންގްލެންޑާއި ދެކޮލަށް އިޓަލީން ނެރޭނެ ފުރަތަމަ 11 ކުޅުންތެރިން

ގޯލް ކީޕަރ ޑޮންނަރުންމާ، ޑި ލޮރެންޒޯ، ބޮނޫޗީ، ކިއަލީނީ، އެމަސަން، ޖޯގީނިއޯ، ބަރޭލާ، ވެރާޓީ، ކިއޭސާމ އިމޯބިލޭ، އިންސީނިއާ.

މިރޭގެ ފައިނަލް މެޗަށް އިޓަލީއާއި ދެކޮޅަށް އިންގްލެންޑުން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ގޯލް ކީޕަރ ޕިކްފޯޑް، ވޯކާ، ސްޓޯންސް، ނަގުއާ، ޝޯ، ރައީސް، ފިލިޕްސް، ސާކާ، މައުންޓް، ސްޓާލިން، ކޭން.

އިޓަލީއާއި އިންގްލެންޑް ބައްދަލުކުރާ ޔޫރޯ ފައިނަލް މެޗު ފަށާނީ މިރޭ 12 ޖަހާއިރުގައެވެ. ފައިނަލް މެޗު ކުޅޭނީ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.