އެޗްއާރްސީއެމް ގެ ޓީމެއް އައްޑުސިޓީ ކައުންސިލާ ބައްދަލުކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ޓީމެއް އައްޑުސިޓީ ކައުންސިލާ ބައްދަލުކޮށްފި އެވެ.

އެ ކޮމިޝަނުން އައްޑުސިޓީއަށް ކުރަމުންދާ ޚާއްސަ ދަތުރުގައި، އެ ކޮމިޝަންގެ މަސްއްކަތްތަކުގެ ތެރެއިން ކައުންސިލާއި ގުޅުން ހުރި ކަންކަމާ ވަނީ މަޝްވަރާ ކޮށްފަ އެވެ.

އިޝްތިހާރު Below Header ad

އެޗްއާރްސީއެމް އިން އަންނަނީ އެކި ރަށްރަށަށް ޒިޔާރަތްކޮށް، އެ ކޮމިޝަނާއި ގުޅުންހުރި މަސައްކަތްތަކާއި އެހެެނިހެން ކަންކަމުގެ މަޢުލޫމާތު ހޯދަމުން ނެވެ.

އެގޮތުން އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ތިބި މީހުންގެ ހާލު ވެސް ބަލާފަ އެވެ.

އެ ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ގެ ޓީމެއް މަހިބަދޫ ޕޮލިސް ސްޓޭޝަނަަށް ޒިޔާރަތްކޮށް އެ ސްޓޭޝަނުގައި ބަންދުގައި ތިބި މީހުންނާމެދު އަނިޔާވެރި، ލާއިންސާނީ ދަށުދަރަޖައިގެ އަމަލެއް ހިންގާތޯ ބެލުމާއި އެފަދަ އަމަލަކަށް މަގުފަހިވެދާފަދަ ކަމެއް ހުރިތޯ ވެސް ވަނީ ބަލާފަ އެވެ.

މީގެ އިތުރުން ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ގާނޫނުއަސާސީ އާއި އެންޓި ޓޯޗަރ ގާނޫނާއި ގައުމީ އަދި ބައިނަލްއަގުވާމީ އެހެނިހެން މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ސްޓޭޝަނުގައި ޚިދުމަތްފޯރުކޮށްދޭތޯ ބަލާނެ ކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.