
ރާއްޖެއިން އިތުރު 90 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން އިތުރު 90 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 23 މީހުންނާއި އަތޮޅުތަކުން 58 މީހުންނާއި ރިސޯޓުތަކުން 6 މީހުންނާއި ތަރައްގީވަމުން އަންނަ ރަށްތަކުން 3 މީހުން ނެވެ.
މިވަގުތު ހޮސްޕިޓަލްގައި އެނދުމަތިކޮށް 21 މީހަކަށް ފަރުވާ ދެމުންދާއިރު، 72،118 މީހުން ވަނީ މި ބައްޔަށް ބޭސްކޮށް ރާއްޖެއިން ރަނގަޅުވެފަ އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދުު 74،993 އަށް އަރާފައިވާ އިރު، މި ބަލީގައި ރާއްޖެއިން މިހައިތަނަށް ނިޔާވެފައިވަނީ 213 މީހުން ނެވެ.
✳️ COVID-19 : Case Updates pic.twitter.com/GFDUs4Fism
— Health Protection Agency (@HPA_MV) July 10, 2021