ފޮރިން މިނިސްޓަރ ޝާހިދު، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އޭކޭ. އަބްދުލް މޮމެން ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

މިނިސްޓަރ ޝާހިދުގެ މި މެސެޖަކީ ބަންގްލަދޭޝްގެ ރުޕްގަންޖްގެ ބުލްތާގައި ހުރި ފުޑް އެންޑް ބެވަރެޖް ފެކްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ފޮނުއްވި މެސެޖެކެވެ.

އިޝްތިހާރު Below Header ad

ފޮރިން މިނިސްޓަރ ޝާހިދުގެ މެސެޖުގައި އަލިފާނުގެ ހާދިސާގައި ފަންސާހަށްވުރެ ގިނަ މީހުން މަރުވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށާއި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ރައްދުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ވެރިރަށް ޑާކާގެ 25 ކިލޯމީޓަރު އިރުން އޮންނަ ރޫޕްގަންޖުގައި ހިންގާ ކާރުޚާނާގައި މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި 30 މީހަކު ވަނީ ޒަޚަމްވެފަ އެވެ. އެމީހުންނަކީ އިމާރާތުގެ އުސް ހިސާބުތަކުން ފުންމާލި މީހުން ކަމަށް ޚަބަރުތައް ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.