
މަރާމާތަށް ފަހު ފޮރިން މިނިސްޓްރީ ކުރިން ހިންގި ޢިމާރާތަށް މިއަދު ބަދަލުވަނީ!
މަރާމާތަށް ފަހު ފޮރިން މިނިސްޓްރީ ކުރިން ހިންގި ޢިމާރާތަށް މިއަދު ބަދަލުވާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނީ ”ފަތުހުﷲ ޖަމީލް ބިލްޑިންގ“ ގައި ކުރަމުން އައި މަރާމާތުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އެހެންވެ، މިއަދުން ފެށިގެން އެ މިނިސްޓްރީ ކުރިން ހިންގަމުން އައި އިމާރާތަށް ބަދަލުކުރަން ނިންމައިފައިވާ ކަމަށެވެ.
އެ ޢިމާރާތުގެ މަރާމާތުގެ މަސައްކަތް ކުރުމަށް، ފޮރިން މިނިސްޓްރީގެ މަސައްކަތްތައް ބަދަލުކުރީ އެމްޓީސީސީގެ ސޯމިލް ރީލޮކޭޝަން ބިލްޑިންގ އަށެވެ.
ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުކުރީ ޗައިނާއިން ނެވެ. މަރާމާތަށްފަހު އެ އިމާރާތުގެ ނަން ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލަށް ޚާއްސަކޮށް، ”ފަތުހުﷲ ޖަމީލް ބިލްޑިންގ“ގެ ނަމަށް ވަނީ ބަދަލުކޮށްފަ އެވެ.
ކުރީގެ އިމާރާތަށް މަސައްކަތް ބަދަލުކުރުމުގެ ކަންކަން ކުރަމުން އަންނަ ދުވަސް ދުވަހު އެ މިނިސްޓްރީގެ ޚިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިވުން އެކަށީގެންވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.