ސިޔާސީ ފިކުރު އެއްކިބާކޮށް، ރައްޔިތުންގެ އަޑު އެއްސެވުމަށް މާލޭ ސިޓީ މޭޔަރ އެދިވަޑައިގެންފި

ސިޔާސީ ފިކުރު އެއްކިބާކޮށް، ރައްޔިތުންގެ އަޑު އެއްސެވުމަށް މާލޭ ސިޓީ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އޭނާ މިހެން އެދިވަޑައިގަތީ ‘ހިޔާ ޔޫނިއަން’ ފަރާތުން މިއަދު ފެށި “ފަހުގެ އާދޭސް” ހިމޭން އިހުތިޖާޖަށް ނިސްބަތް ކުރައްވަ އެވެ.

އިޝްތިހާރު Below Header ad

ޑރ. މުއިއްޒު ވިދާޅުވީ ހިޔާ ޔޫނިއަން އިން ކުރަމުންދާ އާދޭސްތަކަށް ސަރުކާރާއި އެޗްޑީސީން އިޖާބަ ދެއްވުމަކީ ރައްޔިތުންގެ ހައްގުގައި ކޮށްދެއްވަންވާނޭ ކަމެއް ކަމަށެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތައް ކަމާއިބެހޭ ވުޒާރާތަކަށް ފޮރުކޮށްދިނުމަށް “ހިޔާ ޔޫނިއަން” ގެ ފަރާތުން “ފަހުގެ އާދޭސް” ހިމޭން އިހުތިޖާޖެއް ފަށާފައިވަނީ މިއަދު މެންދުރު 14:00 ގަ އެވެ. އަދި މި އިހުތިޖާޖު ޖުލައި 10 ވަނަ ދުވަހުގެ ރޭ 20:23 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

ދެ ދުވަހަށް ދެމިގެންދާ މި އިހުތިޖާޖު ގެ މަޤުސަދަކީ ހިޔާ ފްލެޓު ލިބުނު މީހުންނާއި ޢާއިލާތަކުގެ ކަންބޮޑުވުންތައް ކަމާއިގުޅުން ހުރި ވުޒާރާތަކުގެ ސަމާލުކަމަށް ގެނައުން ކަމަށް ހިޔާ ޔޫނިއަނުން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. މާތްﷲ ގެކިބަޔަށް ހަމްދުކުރަން 07އަހަރު ހަޢުސިންމިނިސްޓަރުކަމުގާހުރިއިރު ނުވިސްނު ބޭފުޅަކަށް..
    މާތްﷲ ހެޔޮވިސްދެށްވިކަމަށްޓަކާއެއިލާހަށްސުކުރުކުރަމެ.
    އަޅުގަޑުގެވިސްނުން ކޮސިކަމުގާނުވާނަމަ މާލޭގެމޭޔަރުކަންއަދިލިބުނަސް ވެރިކަމެއްނުލިބޭނެ…
    މާތްﷲމޮޅަށްދެނިވޮޑިގެންވަނީ މިނިސްޓަރުކަންލިބުނީމާކަންތަށްކުރިގޮތް ….
    07އަހަރުކުރީޖެށްސުން 02އަހަރުބާން ސާފުހުުދުފޮތިކޮޅަކައްވޭތޯ …ވަރަށްވާހަކަ……

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.