މިއަދު ޕޮޒިޓިވް ވި ޢަދަދުތައް ބޮޑުތަން ދަށަށް!
ކޮވިޑުގައި ރާއްޖެއިން މިއަދު ޕޮޒިޓިވް ވި ޢަދަދު ބޮޑުތަނުން ދަށަށް ހިނގައްޖެ އެވެ.
އެގޮތުން މިއަދު ޕޮޒިޓިވް ވެފައިވާ 55 މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 25 މީހުންނާއި އަތޮޅުތަކުން 20 މީހުން އަދި ރިސޯޓުތަކުން 10 މީހުން ނެވެ.
މިއާއެކު 74،903 މީހުންނަށް ރާއްޖެއިން ކޮވިޑު ޖެހިފައިވާ އިރު، 71،877 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.
ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން 26 މީހުންނަށް ފަރުވާދެމުން އަންނަ އިރު، ރާއްޖެއިން ކޮވިޑު ބަލީގައި 213 މީހުން ވަނީ ނިޔާވެފަ އެވެ.
✳️ COVID-19 : Case Updates pic.twitter.com/TSktOLDZVm
— Health Protection Agency (@HPA_MV) July 9, 2021