
މުލިއާގެ ކައިރީގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި
މުލިއާގެ ކައިރީގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅު، މުލިއާގެ ކައިރީގައި މި އޮޕަރޭޝަން ފަށައިފި މިވަނީ އެތަނުން ދިޔަ ބައެއްގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނުމުން ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.
ފުލުހުން ބުނީ، މުލިއާގެ ކައިރިން ދިޔަ ދެ މީހަކު، އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނުމާ ގުޅިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެހެން ބުނި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.