ޚަބަރު ފީތާ

އަތޮޅުތަކުން 73 މީހުންނާއެކު 124 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އަތޮޅުތަކުން 73 މީހުންނާއެކު 124 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 26 މީހުންނާއި ރިސޯޓުތަކުން 9 މީހުން ނެވެ. އަދި ލައިވް ބޯޑުތަކުން 3 މީހުންނާއި ތަރައްގީވަމުން އަންނަ ރަަށްތަކުން 13 މީހުން ނެވެ.

މި ޢަދަދުތަކާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދު 74،848 އަށް ވަނީ އަރާފަ އެވެ. އަދި 71،758 މީހުން ވަނީ ރާއްޖެއިން ކޮވިޑު ބަލީގައި ފަރުވާކޮށް ރަނގަޅުވެފަ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 22 މީހުންނަށް މިވަގުތު ފަރުވާ ދޭ އިރު، ކޮވިޑުގައި ރާއްޖެއިން 213 މީހުން ވަނީ ނިޔާވެފަ އެވެ.

ފާއިތުވި 24 ގަޑި އިރު، 5،048 ސާމްޕަލް ވަނީ ނަގާފަ އެވެ.

 

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "އަތޮޅުތަކުން 73 މީހުންނާއެކު 124 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.