
48 ވަނަ އިސްތަންބޫލް މެރަތަންގައި 45,000 އަށްވުރެ ގިނަ އެތުލީޓުން
48 ވަނަ އިސްތަންބޫލް މެރަތަންގައި 45,000 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެ އެވެ.
42 ކިލޯމީޓަރުގެ ދުވުމުން އެއްވަނަ ހޯދާ ފަރާތްތަކަށް ކަނޑައަޅާފައިވާ 50,000 ޑޮލަރުގެ އިނާމަށް 43 އެލީޓް ދުވުންތެރިން ވާދަކުރެ އެވެ.
ދުނިޔޭގެ އެތުލެޓިކްސް ގޯލްޑް ލޭބަލް ދަރަޖަ ލިބިފައިވާ އަދި ދުނިޔޭގައި ބާއްވާ ހަމައެކަނި ބައްރުތައް ގުޅުވައިދޭ މި ދުވުމުގައި 143 ޤައުމަކުން 45,000 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ.
އިސްތަންބޫލްގެ އޭޝިއާ ފަޅީގައިވާ ’ޖުލައި 15 މާޓިއަރސް ބްރިޖް‘ އިން ފެށި މި ދުވުމުގައި ބައިވެރިވި ދުވުންތެރިން ވަނީ ބްރިޖް ހުރަސްކޮށް ޔޫރަޕް ފަޅިއަށް ގޮސް، އެ ސިޓީގެ ތާރީޚީ ސަރަހައްދުތައް ކަޑަތުކޮށް ސުލްތާން އަހުމަދު މައިދާނަށް ދުވުން ނިންމާފަ އެވެ.
ޖުމްލަ ފަސް ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި 45,679 މީހުން ވާދަކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ 42 ކިލޯމީޓަރުގެ މެރަތަން، 15.5 ކިލޯމީޓަރުގެ ދުވުން، ކޯޕަރޭޓް ރަން، އާންމު ދުވުން އަދި ފުރޮޅުލީ ގޮނޑީގައި ބާއްވާ ރޭހެވެ.
މި މެރަތަންގައި 27 ފިރިހެން ދުވުންތެރިންނާއި 16 އަންހެން ދުވުންތެރިން ހިމެނޭހެން ޖުމްލަ 43 އެލީޓް އެތުލީޓުން ބައިވެރިވި އެވެ. 42 ކިލޯމީޓަރުގެ ދުވުމުން އެއްވަނަ ހޯދާ ފިރިހެން އަދި އަންހެން ދުވުންތެރިޔާއަށް، ކޮންމެ މީހަކަށް 50,000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމު ލިބޭނެ އެވެ.



