ނަސްރުގެ ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލުތައް

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން ޓްރެފިކް ފްލޯއަށް ބަދަލުގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޗާޓުތަކުގައި ފާހަގަކޮށްފައިވާ ސަރަހައްދުގެ މަގުތައް އެ ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި އެއްގަމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ވާހަކަ ދަންނަވަމަވެ. މިގޮތުން ގެނެވޭ ބަދަލުތަކަކީ:

ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދު 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

2026 ނޮވެމްބަރު 3 ވަނަ ދުވަހުގެ 04:00 އިން ފެށިގެން ފަތިސް ނަމާދު ނިމެންދެން އިސްމާލީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަަތުރަށް ބަންދުކުރުން.

ޝަހީދުން ބިނާގައި ދިދަ މައުންޓްކުރުން 

2026 ނޮވެމްބަރު 3 ވަނަ ދުވަހުގެ 04:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަަތުރަށް ބަންދުކުރުން.

މިލިޓަރީ ޑިސްޕްލޭ 

2026 ނޮވެމްބަރު 3 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން ޖޫމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުކުރުން އަދި ފަޅާއި ކަނޑުގެ ސަރަހައްދު ބަންދުކުރުން.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ

2026 ނޮވެމްބަރު 3 ވަނަ ދުވަހުގެ 18:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން ޖޫމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކާއި ފަޅުގެ ސަރަހައްދު ބަންދުކުރުން.

 

މި ބަދަލުތަކުގެ ސަބަބުން ދަތުރުފަތުރުކުރައްވާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދެމެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.